Jannah MV
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން
Jannah MV
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން
Jannah MV

ހަރޯދައިގެ މާތްކަން

ރަމަޟާންމަހުގެ ރޯދަޔަށްފަހު އަންނަ ޢީދަކީ އުފާފާޅުކުރުމުގެ ދުވަހެވެކެވެ. މާތް ﷲ އަށް ތަކްބީރް ކިޔައި ހަމްދު ކުރުމުގެ ދުވަހެކެވެ. ޢީދުދުވަހާ ޖެހިގެން ދެން އަންނަ އެއްމެ އަހައްމިއްޔަތުކަން ދެވިފައިވާ ކަމަކީ ހަރޯދަހިފުމެވެ. ރަމަޟާންމަހުގެ އަޅުކަންތައްތަކުގައި ދެމިހުރުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ. ހަރޯދައަކީ އަޅުކަމުގައި ދެމިހުރުމަށްޓަކައި ލިބޭ އިތުރު ބާރެކެވެ. ރަމަޟާންމަހުގެ އަޅުކަންތައް ޤަބޫލްވެވުނު ކަމުގެ އިޝާރާތްތަކުގެ ތެރޭގައިވެސް އަޅުކަމުގައި ދެމިހުރުން ހިމެނެއެވެ. މިވާހަކަތައް ވާނީ ތިރީގައި މިވާ ލިޔުމުގައި ބަޔާންވެ ގޮސްފައެވެ.


ރޯދަމަހުގެ އަޅުކަންތައް ޤަބޫލުވެވިގެންވާކަމުގެ ޢަލާމާތަކީ ކޮބައިކަން އިނގޭތަ؟
ރަމަޟާން މަސް

ރޯދަމަހުގެ އަޅުކަންތައް ޤަބޫލުވެވިގެންވާކަމުގެ ޢަލާމާތަކީ ކޮބައިކަން އިނގޭތަ؟

އޭޕްރިލް 23, 2020

މާތް ރަސޫލާ ﷺ ގެހަދީޘް ބަސްފުޅެއްގައިވެއެވެ.

”ރަމަޟާން މަހު ރޯދަ ހިފުމަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުގެ ހަދުވަހުގެ ރޯދަ ހިފި މީހާ މުޅި އަހަރު ދުވަހު ރޯދަ ހިފިފަދައެވެ“

މިއީ ސުންނަތްއަޅުކަމެކެވެ. ސުންނަތް އަޅުކަންތައްތަކަކީ އަހަރެމެންގެ ފަރުޟު އަޅުކަންތައްތަކުން އުނިވެފައިވާ ބައި ޤިޔާމަތްދުވަހު ފުރިހަމަ ކޮށްދޭނެ ކަންތައްތަކެކެވެ.އެހެންކަމުން ސުންނަތް އަޅުކަންތައް ގިނަގިނައިން ކުރުމަކީ ފަހުން އޭގެ ފައިދާ ކުރާނޭކަންތައްތަކެވެ. އަދި ސުންނަތް އަޅުކަންތައް ކުރުމުގެ ސަބަބުން ފަރުޟު އަޅުކަންތައްތަކަށް ދެވޭ އަހައްމިއްޔަތާއި ސަމާލުކަން ބޮޑުވާނެއެވެ. ފަރުޟު އަޅުކަންތައްތަކަށް ފަރުވާކުޑަކޮށްލުމުން ދުރުކޮށްދޭނެއެވެ.

 

މުޅިއަހަރުދުވަހު ރޯދަހިފުމުގެ ޘަވާބު ލިބޭގޮތަކީ މާތް ﷲ ކޮންމެ ހެޔޮކަމެއް ދިހަ ގުނަ ކުރައްވާތީ ކަމުގައި ބެލެވެއެވެ. އެހެނީ ރޯދަމަހުގެ 30 ދުވަހުގެ ޘަވާބު ދިހަގުނަވުމުން އެވަނީ 300 ދުވަހުގެ ޘަވާބަށެވެ އަދި އިތުރު ހަދުވަހުރޯދަހިފުމުގެ ސަބަބުން އިތުރު 60 ދުވަހުގެ ޘަވާބު ލިބެއެވެ. މިއީ ޖުމްލަކޮށް 360 ދުވަހުގެ ޘަވާބެވެ. އަހަރެއްގައި ހިމެނެނީ 365 ދުވަސްކަމަށްވާތީ އަހަރުދުވަހު ރޯދަހިފުމުގެ ޘަވާބު ލިބެނީއެވެ.

ފަށާނީ ކޮންއިރަކު

އެންމެ ރަނގަޅު ގޮތަކީ ޢީދުދުވަހާ ޖެހިގެން ދެން އޮންނަ ދުވަސްތަކުގައި ހަ ރޯދަ ހިފުމެވެ. އެހެނަސް ހަދީޘްގައި ވަކި ދުވަސްތަކެއް ކަނޑައެޅިފައެއްނެތެވެ. އެހެންކަމުން ޝައްވާލްމަސް ނިމިގެން ދިޔުމުގެ ކުރިން ކޮންމެ ދުވަސްތަކަކުންވިޔަސް އެރޯދަތައް ހިފިދާނެއެވެ. އެހެނަސް ފަސްކުރުމުގެ ސަބަބުން ކަންނެތްކަމާއި ފަރުވާކުޑަކޮށްލެވޭ ގޮތް ގިނަފަހަރު މެދުވެރިވެއެވެ. މިކަމުން ރައްކާތެރިވުމަށްޓަކައި ޖެހިޖެހިގެން އެކީ އެކައްޗަކަށް މިރޯދަތައް ހިފާލުން ބުއްދިވެރިއެވެ.

 

މާތް ﷲ ގެ ދީލަތިވަންތަކަމުގެ ސަބަބުން އަހަރެމެންނަށް ދެއްވާ ފުރުސަތުތަށް ވަރަށްވެސް ގިނައެވެ. އެކަލާނގެ ދެއްވާ މިފަދަ އަގުހުރި ފުރުސަތުތައް ދޫކޮށްލާ ބަޔަކު ކަމުގައި ނުވުމަށް އަޒުމް ކަނޑައަޅާށެވެ. މިފަދަ ދެވަނަ ފުރުސަތެއް ލިބޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އަހަރެމެންކުރެ އެއްވެސް މީހަކަށް ނޯންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ކަލަކުވޭ ހެއްޔެވެ؟
ފިޤްޙް

ކަލަކުވޭ ހެއްޔެވެ؟

އަހުލުއްސުންނަތް ވަލްޖަމާޢަތަކީ ކޮބާ؟
ފިޤްޙް

އަހުލުއްސުންނަތް ވަލްޖަމާޢަތަކީ ކޮބާ؟

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


- ޚިޔާލު ފާޅުކުރުމުގައި އިސްލާމީ މިންގަނޑުގެ ތެރެއިން ޚިޔާލު ފާޅުކުރެއްވުން އެދެން

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2
ސުވާލާއި ޖަވާބު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2

ޖެނުއަރީ 25, 2021
ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!
މުޖުތަމަޢު

ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!

ޖެނުއަރީ 24, 2021
ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ
ސުވާލާއި ޖަވާބު

ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ

ޖެނުއަރީ 23, 2021
ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު
ސުވާލާއި ޖަވާބު

ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު

ޖެނުއަރީ 22, 2021
ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1
އަޚުލާޤު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1

ޖެނުއަރީ 21, 2021
1979 ވަނަ އަހަރު ޙަރަމްފުޅުގައި ހިނގައިދިޔަ ލޭ އޮހޮރުވުން
އިސްލާމީ ތާރީޚް

1979 ވަނަ އަހަރު ޙަރަމްފުޅުގައި ހިނގައިދިޔަ ލޭ އޮހޮރުވުން

ޖެނުއަރީ 20, 2021
ޖަންނަ އެމްވީ އަކީ ދިވެހިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހެދިފައިވާ ބްލޮގެކެވެ.
www.jannahmv.com
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން

Copyright 2020 – Jannahmv.com | All Rights Reserved