ރަސޫލާ ﷺ ގެ އަރިހުން ވަކި ހާއްސަ ދުޢާ އެއް ޒަމް ޒަމް ފެން ބުއިމުގެ ކުރިން ކުރުމަށް ވާރިދު ވެފައިނުވެއެވެ.

ނަމަވެސް ޒަމް ޒަމް ފެނަކީ އެކަމައް އެދިގެން އެ ފެން ބޮއެފި ނަމަ އެކަމެއް ފުރިހަމަ ކޮއް ދެއްވާނެ އެއްޗެއް ކަން ހަދީޘް ގައި އައިސްފައިވެއެވެ. ވީމާ ފެން ބޮއި ނިމިގެން އެމީހަކު ބޭނުން ކަމަކަށް އެދި ދުޢާ ކުރަން ވީއެވެ.

އިބުނު އައްބާސް ގެ ކިބައިން ރިވާ ވެގެންވެއެވެ.

އެކަލޭގެފާނު ޒަމް ޒަމް ފެން ހިއްޕަވައިފި ނަމަ އައްނަނިވި ފަދައިން ދުޢާ ކުރައްވައެވެ.

”ހައްދަވައި ގެންގުޅުއްވާ އިލާހެވެ. މި އަޅާ އައް މަންފާ ކުރުވަނިވި އިލްމެއް ދެއްވާފާންދެވެ. އަދި މި އަޅާގެ ރިޒްޤު ތަނަވަސް ކޮއްދެއްވާ، އެންމަހައި ބަލި ތަކައް ޝިފާ ދެއްވާ ފާންދޭވެ.“

ޖަވާބު ދެއްވީ މުހައްމަދު އިޔާޒް އަބްދުލް ލަތީފް