ސުވާލު

ސުންނަތް ނަމާދުތައް ކުރުން އެންމެ މޮޅުއިތުރުވެގެންވަނީ ގޭގައިތޯ؟

ޖަވާބު

ލައްބަ ގޭގައި

ޖަވާބު ދެއްވީ: ޑރ. މުހައްމަހު އިޔާޒް އަބްދުލް ލަތީފް

މިކަމަށް ހެކިދޭ ދަލީލްތަކަށް ބަލާއިރު:

ރަސޫލުﷲ ﷺ ހަދީޘް ކުރެއްވިއެވެ

”ތިޔަބައިމީހުން ގޭގައި ނަމާދުކުރާށެވެ. ހަމައެހެންމެ، ފަރުޞު ފަސް ނަމާދު ފިޔަފައި އެންމެ މާތްކަން ބޮޑުވެގެންވަނީ ގޭގައި ކުރެވޭ ނަމާދުތަކެވެ“ [ އަލް ބުޙާރީ – 698 އަދި މުސްލިމް – 781 ]

އަދިވެސް ހަދީޘް ކުރެއްވިއެވެ

”ބައެއް ނަމާދުތައް ގޭގައި އަދާ ކުރާށެވެ. އަދި ތިޔަބައިމީހުންގެ ގެތައް ފަޅުކޮށްނުލާށެވެ“ [ އަލް ބުޙާރީ – 422 އަދި މުސްލިމް – 777 ]

މިހަދީޘާ ގުޅިގެން އަލް ނަވަވީ ވިދާޅުވަނީ މިތާ ބައެއް ނަމާދުތަކޭ އެބުނެވެނީ ފަރުޞު ފަސް ނަމާދު ފިޔަވައި އެހެން ނަމާދުތަކެވެ. އަދި ގެތައް ފަޅުކޮށްނުލުމަށް ގޮވާލެއްވީ އެގެތައް ނަމާދުގެ މަތިވެރި ބަރަކާތުން މަހުރޫމް ނުކޮށްލުން ކަމުގައެވެ.

މަސްދަރު: islamqa.info