ސުވާލު

އަނބިމީހާގެ ހައިޡުގެ ދުވަސްވަރު ފިރިމީހާގެ ޖިންސީ އެދުން އަނބިމީހާއަށް އެއްވެސް ގޮތަކަށް ފުއްދާ ދެވިދާނެތޯ؟

ޖަވާބު

ހައިޡުގެ ދުވަސްވަރު އަނބިމީހާގެ ކުރިމަތިފަރާތާއި ފުރަގަސްފަރާތް ނޫން ކޮންމެ ހިސާބެއް ބޭނުންކޮށްގެންވެސް ފިރިމީހާގެ އެދުން ފުއްދައި ދެވިދާނެއެވެ.

ނޯޓް: އެއްވެސް އިރެއްގައި ފުރަގަސްފަރާތް ހުއްދަވެގެން ނުވެއެވެ. މިސުވާލުގެ ޖަވާބުގައި ފުރަގަސްފަރާތުގެ ވާހަކަ ހިމަނަންޖެހުނީ ކިއުންތެރިން އޮޅުން އަރައިފާނެކަމުގެ ބިރުއޮތުމުންނެވެ. އެއީ ޖަވާބުގައި ހައިޡުގެ ދުވަސްވަރު މަނާވެގެންވަނީ ކުރިމަތިފަރާތޭ ބުނެފިނަމަ ކިއުންތެރިންނަށް އޭގެއިން ފުރަގަސްފަރާތް ހުއްދަ ކަމަށް މާނަ ދޭހަވެދާނެކަމުގެ ބިރުއޮތުމުންނެވެ.

والله أعلم

ޖަވާބު ދެއްވީ: ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް