އަޚުލާޤުފިޤްޙްތަޢުޙީދު

ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ މަތިވެރިކަން

  1. قال الله تعالى:“وَلا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ بَلْ أَحْيَاءٌ وَلَكِنْ لا تَشْعُرُونَ”(البقرة:154)

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “އަދި ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންނީ މަރުވެފައިވާ ބައެކޭ ތިޔަބައިމީހުން ނުބުނާށެވެ. ކިއެއްހެއްޔެވެ. އެމީހުންނަކީ ދިރި ތިބި ބައެކެވެ. އެހެންނަމަވެސް ތިޔަބައިމީހުންނަށް އެކަމެއް އިޙްސާސެއް ނުކުރެވެއެވެ.”

  1. قال الله تعالى:“يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَى تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ(*) تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ”   (الصف:10&11 )

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ނަރަކައިގެ ވޭންދެނިވި ޢަޛާބުން މިންޖު ކުރަނިވި ވިޔަފާރިއަކަށް ތިމަން ﷲ މަގު ދައްކަވަން ހެއްޔެވެ؟ ތިޔަބައިމީހުން ﷲ އާއި އެއިލާހުގެ ރަސޫލާއަށް އީމާންވެ ﷲ ތަޢާލާގެ މަގުގައި، ތިޔަބައިމީހުންގެ މުދަލާއި ނަފްސުތަކުން ޖިހާދު ކުރާށެވެ. ފަހެ ތިޔަބައިމީހުންނަށް އެނގޭނަމަ އެކަންތައްތައް ތިޔަބައިމީހުންނަށް މާހެޔޮކަން ބޮޑުވެގެންވެއެވެ.”

  1. قال الله تعالى:“إِنَّ اللَّهَ اشْتَرَى مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ“(التوبة: 111)

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ، މުއުމިނުންގެ ނަފްސުތަކާއި މުދާތައް ގަނެލެއްވިއެވެ. އެއީ އެބައިމީހުންނަށް އޭގެ ބަދަލުގައި ސުވަރުގެ ޖަޒާއެއްގެ ގޮތުގައެވެ. އެބައިމީހުން ﷲގެ މަގުގައި ހަނގުރާމަކޮށް ހަދާނެއެވެ. ފަހެ އެބައިމީހުން ޢަދުއްވުން ޤަތުލުކޮށް މަރާނެއެވެ. އަދި އެބައިމީހުން ޤަތުލުވެ (އެބަހީ ޝަހީދުވެ) ދާނެއެވެ.”

  1. قال صلى الله عليه وسلم: “للشهيد عند الله ست خصال: يغفر له في أول دفعة، ويرى مقعده من الجنة، ويجار من عذابالقبر، ويأمن من الفزع الأكبر، ويوضع على رأسه تاج الوقار الياقوتة منها خير من الدنيا وما فيها، ويزوج اثنتين وسبعين زوجة من الحور العين، ويشفع في سبعين من أقاربه” (أخرجه الترمذي وقال حديث حسن . وابن ماجة في السنن ، وأحمد ، وعبد الرزاق في المصنف ، والطبراني في الكبير ، وسعيد بن منصور في السنن).

ރަސޫލު ﷲ ޙަދީޘްފުޅު ކުރެއްވިއެވެ. “ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަހީދަކަށް ހަތް ނިޢުމަތެއްވެއެވެ. އެއީ:

  1. އޭނާގެ ހަށިގަނޑުން އެންމެ ފުރަތަމަ އޮހޮރޭ ލޭތިއްކާއިއެކު، އޭނާގެ ހުރިހާ ފާފަތަކެއް ފޮހެވިގެން ދެއެވެ.
  2. މަރުވުމުގެ ކުރިން ސުވަރުގޭގައި އޭނާއަށްވާ ދަރަޖަ އޭނާއަށް ދައްކާލެވެއެވެ.
  3. ކައްވަޅުގެ ޢަޛާބުން އޭނާ ސަލާމަތްވެގެން ވެއެވެ.
  4. އެންމެ ބިރު ބޮޑުވެގެންވާ ދުވަހު (އެބަހީ ޤިޔާމަތް ދުވަހު) އޭނާއަށް އަމާންކަން ލިބިގެން ވެއެވެ.
  5. އޭނާގެ ބޮލުގައި ފަޚުރުވެރިކަމުގެ ތާޖެއް އެޅުވޭނެއެވެ. އޭގައިވާ އެންމެ ޔާޤޫތެއްވެސް މުޅި ދުނިޔެއާއި އެދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.
  6. ސުވަރުގޭގައި ހަތްދިހަ ދެ ޙޫރުލް ޢީނުން އޭނާގެ އަނބީންގެ ގޮތުގައި ވެއެވެ.
  7. އަދި އޭނާގެ ތިމާގެ މީހުންކުރެ ހަތްދިހަ މީހުން ނަރަކައިން މިިންޖު ކުރުމަށް، އޭނާއަށް ޝަފާޢަތްތެރިވެވޭ ހުއްޓެވެ.” (ރަވާހު އައްތިރިމިޛީ، އިބްނި މާޖާ، އަޙްމަދު، ޢަބްދުއް ރައްޒާޤް، އައްޠަބަރާނީ އަދި ސަޢީދް ބުން މަންސޫރު).

މަސްދަރު: ދިސަލަފިއްޔާ

Leave a Reply

Your email address will not be published.