އަޚުލާޤުއިސްލާމީ ޝަރީޢަތްފިޤްޙްތަޢުޙީދުސުވާލާއި ޖަވާބު
ދެމަފިރިން ލޯބި ޖެއްސުމަށް ފަންޑިތަ ހެދުމަކީ ކޮންކަހަލަ ކަމެއް؟

ސުވާލު:
ދެމަފިރިން ލޯބި ޖެއްސުމަށް ފަންޑިތަ ހެދުމަކީ ކޮންކަހަލަ ކަމެއް؟
ޖަވާބު:
ދެމަފިރިން ލޯބި ޖެއްސުމަށް ހަދާ ތިބާވަތުގެ ފަންޑިތައަށް ކިޔަނީ އިސްތިރިއެވެ.
އެއީ އާންމު ގޮތެއްގައި ސިހުރުގެ ކަމެކެވެ.
سنن أبي داود ގައި އަލްބާނީ ސައްހަ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.
(إِنَّ الرُّقَي وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ )
މާނައަކީ: ”ހަމަކަށަވަރުން (ސިހުރުގެ އިބާރާތްތަކުން) މެތުރުމާއި ތަވީދު އެޅުމާއި، އިސްތިރި ހެދުމަކީ ޝިރުކުގެ ތެރެއިންވާ ކަންކަމެވެ.“
މިޙަދީޘްފުޅުގައި އެވާ التِّوَلَةَ އަކީ އަންހެނުން އެކަނބަލުންގެ ފިރިންނަށް ލޯބި ޖެއްސުމަށްޓަކާ ހަދާ އުޅުނު ފަންޑިތައެކެވެ. ވީމާ އެއީ ހުއްދަ ކަމެއްނޫނެވެ.
والله أعلم
ޖަވާބު ދެއްވީ: ޑރ. މުހައްމަހު އިޔާޒް އަބްދުލް ލަތީފް