ސުވާލު:

ރުޤްޔާ އަކީ ކޮބާ؟ އަދި އެކަން ހުއްދަވަނީ ކޮން ހާލަތެއްގައި؟

ޖަވާބު:

ރުޤްޔާގެ މާނައަކީ ފަރުވާއަކަށް ނުވަތަ ރައްކާތެރި ކަމަށް ކީރިތި ޤުރުއާން ނުވަތަ ރަސޫލުﷲ ﷺ ގެ ސުންނަތުން ސާބިތުވާ ދުޢާތައް ނުވަތަ އެނޫންވެސް ޝިރުކު ކަމުގައި ނުހިމެނޭ އެއްޗެއް ކިޔެވުން ނުވަތަ ކިޔަވާފައި ފުމުން ނުވަތަ މެތުރުމެވެ.

އަންނަނިވި ޝަރުތުތައް ހަމަވާނަމަ ރުޤިއްޔާ ހުއްދަ ވެގެންވާ ކަމަށް އިލްމުވެރިން އިޖްމާއުވެއެވެ.

  • ކިޔަވާ އެއްޗަކީ ކީރިތި ޤުރުއާން ނުވަތަ މާތްﷲ ގެ ސިފަފުޅުތަކާއި އިސްމުފުޅުތައް ކަމުގައި ވުން ނުވަތަ ސުންނަތުން ސާބިތުވާ އިބާރާތެއް ކަމުގައިވުން.
  • އަރަބި ބަހުން ނުވަތަ އެހެން ބަހަކުން އިކިޔާ އެއްޗެއްގެ މާނަ އެނގޭފަދަ ގޮތަކަށް ކިޔެވުން.
  • އެ ކަންކަމަކީ އޭގެ ޒާތުގައި އަސަރުކުރުވާ ކަމެއް ނޫންކަމާއި، ނަމަވެސް އެއީ ސަބަބެއް ކަމާއި އެކަންކަމުން ފައިދާވާނީ ﷲގެ އިޒްނަ ފުޅާއެކު ކަމަށް ފަރުވާދޭ މީހާއާއި ފަރުވާ ލިބިގަންނަ މީހާ ގަބޫލު ކުރުމެވެ.

والله أعلم

ޖަވާބު ދެއްވީ: ޑރ. މުހައްމަހު އިޔާޒް އަބްދުލް ލަތީފް