ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه, أما بعـد

ތަވީދު އެޅުމާއި ބެހޭގޮތުން ރަސޫލުﷲ ޙަދީޘް ކުރައްވަނީ

من تعلق تميمة فقد أشرك

މާނައީ: ”ތަވީދު އަޅައިފިމީހާ ހަމަކަށަވަރުން ޝިރުކު ކޮއްފިއެވެ.“

އެހެން ރިވާޔަތެއްގެ މާނައިގައިވެއެވެ. ”ތަވީދު އަޅާފައިވާ މީހަކަށް ރަސޫލުﷲ ޙަދީޘް ކުރެއްވިއެވެ“ މިއީ ކޮން އެއްޗެއް ހެއްޔެވެ؟ އެހިނދު އޭނާދެންނެވިއެވެ. ތިމަން ބަލިކަމުން އަޅާފައިވާ އެއްޗެކެވެ. ރަސޫލުﷲ ޙަދީޘް ކުރެއްވިއެވެ. ”ތިޔަ ނަގާށެވެ! އޭގެ ސަބަބުން ތިބާ އަށް ބަލިމަޑުކަން އިތުރުވުން ނޫނީ ނުވެއެވެ. ތިބާ އަތުގައި ތިޔަވާ ހާލުގައި ތިވާ މަރުޖެހިއްޖެ ނަމަ ތިބާ ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.“

ތަވީދު އަޅައިފަވަނީ ކީރިތި ޤުރުއާނުން ނުވަތަ މާތްﷲ ގެ ސިފަފުޅުތަކުން ނުވަތަ އެކަލާނގެ އިސްމުފުޅުތަކުން ކަމުގައި ވާނަމަ އެފަދަ އެއްޗެއް އެޅުމާއި މެދު އުއްމަތުގެ ސަލަފުންގެ މެދުގައި ޚިލާފެއް ވެއެވެ. ނަމަވެސް އިސްވެދިޔަ ނަބަވީ އިރުޝާދުގައި އެވަނީ ވަކި ބާވަތެއް ތަފާތު ނުކުރައްވައި އާންމު ގޮތެއްގައި ތަވީދު އެޅުން ހުއްދަނޫން ކަމުގައި ބަޔާން ކުރައްވާފައެވެ. ވީމާ ތަވީދު އެޅުމަކީ ހުއްދަ ކަމެއް ނޫންކަން ސާބިތުވެއެވެ.

والله أعلم

ޖަވާބު ދެއްވީ: ޑރ. މުހައްމަހު އިޔާޒް އަބްދުލް ލަތީފް