ރަމަޟާން މަސްއަޚުލާޤުމުޖުތަމަޢުސުވާލާއި ޖަވާބު

ޝައްވާލު މަހުގެ ހަ ރޯދައާއި ރަމަޟާންމަހުގެ ޤަޟާ ރޯދަ އެއްދުވަހެއްގައި ހިފުން

ސުވާލު: ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދަތަކެއްވާ އަންހެނަކު، ޝައްވާލު މަހުގެ ހަ ރޯދަ ހިފާއިރު ޤަޟާ ކުރުމާއި ޝައްވާލު މަހުގެ ހަ ރޯދައިގެ އަޖުރު ލިބުން އެދި އެކުއެކީ ނިޔަތް ގަނެ ރޯދަ ހިފިދާނެ ހެއްޔެވެ؟ ނުވަތަ ފުރަތަމަ ޤަޟާކުރަން ޖެހިފައިވާ ރޯދަތައް ހިފުމަށްފަހު، ދެން ޝައްވާލު މަހުގެ ހަ ރޯދަ ހިފާނީ ހެއްޔެވެ؟

ޖަވާބު: ޤަޟާ ކުރަން ޖެހިފައިވާ ރޯދައިން ފަށާށެވެ. ދެން އޭނާ އެދޭނަމަ ޝައްވާލު މަހުގެ ހަ ރޯދަ ހިފާށެވެ. މި ހަ ރޯދައަކީ ސުންނަތެކެވެ. ފަހެ، އޭނާ ޤަޟާ ކުރަންޖެހޭ ރޯދަތައް ޝައްވާލު މަހު ޤަޟާ ކުރުމަށްފަހު، ދެން ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފިނަމަ ދަންނައެވެ. އެއީ ވަރަށް ބޮޑު ހެޔޮ ކަމެކެވެ.

ޝައްވާލު މަހު ހަ ރޯދައާއި (ރަމަޟާން މަހުގެ) ޤަޟާ ރޯދައާ އެކުއެކީ ނިޔަތްގަނެގެން (އެއްދުވަހެއްގައި) ހިފުމާމެދު ދަންނައެވެ. އެފަދައިން ހިފައިފިނަމަ ހަ ރޯދައިގެ އަޖުރު ލިބޭނެކަން އަޅުގަނޑުމެންނަށް އެނގިފައެއް ނެތެވެ. ފަހެ، ހަ ރޯދަ ހިފުމަށް ޚާއްޞަ ނިޔަތެއް ބޭނުންވެއެވެ. އަދި އެރޯދަތައް ހިފުންވަނީ ކަނޑައެޅިފައިވާ ޚާއްޞަ ދުވަސްވަރެއްގައެވެ.

= ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله =

މަސްދަރު: ދިސަލަފިއްޔާ

Leave a Reply

Your email address will not be published.