ރަމަޟާން މަސްއަޚުލާޤުމުޖުތަމަޢުސުވާލާއި ޖަވާބު

ފިޠުރު ޒަކާތް ޝަރުޢުކުރެއްވުމުގެ ބައެއް ޙިކުމަތްތައް

ފިޠުރު ޒަކާތް ޝަރުޢުކުރެއްވުމުގައި މަތިވެރި ޙިކްމަތްތަކެއްވެއެވެ. އޭގެ ތެރޭގައި:

(1) ބޭކާރު ވާހަކަތަކާއި ހަޑި ހުތުރު ފާޙިޝް ބަސްތަކުން ރޯދަވެރިޔާ ތާޙިރުކުރެއްވުން.

(2) އެއީ މިސްކީނުންނަށްވާ ކެއުމެއް ކަމުގައި ލެއްވުން. އޭގެ ސަބަބުން ޢީދު ދުވަހު މީސްތަކުންގެ ގާތުން ސަލާންޖަހަން ނުޖެހި، މުއްސަނދިންނާއެކު ޢީދުގެ އުފަލުގައި މިސްކީނުންވެސް ބައިވެރިވެވޭނެއެވެ.

(3) އެއީ ހަށިގަނޑަށްވާ ޒަކާތެއްކަމުގައި ލެއްވުން. އެއީ އިތުރު އަހަރެއްގައި ﷲ ތަޢާލާ، އޭނާ ދިރިލެހެއްޓެވި ކަމަށްޓަކައި އެނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. އެގޮތުން ރޯދަހިފުން ވާޖިބުނުވާ ކުޑަކުއްޖާއާއި ބުއްދި ހަމަނުޖެހޭ މީހާގެ މައްޗަށްވެސް ފިޠުރު ޒަކާތް ދިނުން ވާޖިބުވެގެންވެއެވެ. އަދި ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހާވެސް އެރޯދަ ޤަޟާކުރުމުގެ ކުރިން ފިޠުރު ޒަކާތް ދިނުން ވާޖިބުވެގެންވެއެވެ.

(4) ރޯދަ ހިފުމުގެ ތައުފީޤު ﷲ ތަޢާލާ، ރޯދަވެރިންނަށް ދެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވުން. ހަދްޔު ކަތިލަން ޖެހެނީ ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޙައްޖުވުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ހަމަ އެފަދައިން ފިޠުރު ޒަކާތްވެސް ލައްވާފައިވަނީ ޝުކުރުވެރިވުމުގެ ގޮތުންނެވެ. އެހެންކަމުން ރޯދައާއި ފިޠުރު ޒަކާތްވެސް ގުޅިފައިވަނީ، ކަންކަން އެކަމުގެ ސަބަބާ ގުޅިފާވައި ފަދައިންނެވެ.

(5) ކަނޑައެޅިފައިވާ ވަޤުތުގައި އޭގެ އަހުލުވެރިންނަށް، ފިޠުރު ޒަކާތް ދެއްކުމުން މަތިވެރިވެގެންވާ އަޖުރާއި ޘަވާބު ލިބިގެން ދިއުން.

(6) ޢީދު ދުވަހު އެންމެހާ މުސްލިމުންނަށް ފުރިހަމަ އުފާވެރިކަން ޙާޞިލުވުމާއި ރޯދައިގައިވާ އުނިކަންތައްތައް ފޫބައްދައި ދިނުން.

_____________________

ملخص فقه العبادات (ސަފްޙާ (645،646)

މަސްދަރު: ދިސަލަފިއްޔާ

Leave a Reply

Your email address will not be published.