ރަމަޟާން މަސްއަޚުލާޤުސުވާލާއި ޖަވާބު

އޮނަހިރި ރޭރޭ އެކަނި އިޢުތިކާފުގައި ހުރެވިދާނެތަ؟

އެންމެ މޮޅުއިތުރުގޮތަކީ ފަހު ދިހައެއް އެއްކޮށް އިޢުތިކާފުގައި ހުރުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގޮތަށް އެކަން ކުރައްވާފައިވާތީ އެކަލޭގެފާނަށް އިޤްތިދާއު ވުމުގެ ގޮތުންނެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން، އިމާމް ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށްދާންދެން ރަމަޟާންމަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަވާކަމުގައިވެއެވެ. رواه البخاري (2025) ومسلم (1171) .

ފަހު ދިހައެއް އެއްކޮށް އިޢުތިކާފަށް ހުރެވޭގޮތް ނުވާނަމަ، އޭގެ ތެރެއިން ބައެއްރޭ ރޭ ނުވަތަ ދުވަސްދުވަހު އިޢުތިކާފު ކުރުމުގައި މައްސަލައެއްނެތެވެ. އިމާމް ބުޚާރީ ރަޙިމަހުﷲ ރިވާކުރައްވާފައިވެއެވެ. މަސްޖިދުލް ޙަރާމްގައި އެއްރޭ އިޢުތިކާފުގައި  ހުރުމަށް ޢުމަރު ރަޟިޔަﷲ ޢަންހު ނަދުރެއް ބުންޏެވެ. އަދި އެ ނަދުރު ފުއްދުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވިއެވެ. رواه البخاري (2042) ومسلم (1656) އިޢުތިކާފުގައި އެންމެ ރެއަކުވެސް ހުރެވިދާނެކަން މި ރިވާޔަތުން އެބަ ދަލީލުކޮށްދެއެވެ.

އިޢުތިކާފުގައި ހުރެވޭނެ އެންމެ މަދުމިންވަރުގެ ވަގުތެއް ކަނޑައެޅިފައި ނުވާކަމަށް އައްޝައިޚް އިބްނި ބާޒް ރަޙިމަހުﷲ ފަތުވާދެއްވާފައިވެއެވެ.

އެދެވިގެންވާގޮތަކީ ފަހު ދިހައެއްގައި ގަދައަޅައި އަޅުކަމުގައި ގިނަވަގުތު ހޭދަކޮށް ކުޅަދާނަވީ މިންވަރަކުން އެ ދުވަސްތަކުގެ ދަރުމައާއި ޘަވާބު ފުރިހަމަގޮތުގައި ލިބިގަތުމަށް މަސައްކަތްކުރުމެވެ.

والله أعلم

މަސްދަރު: ދިސަލަފިއްޔާ

Leave a Reply

Your email address will not be published.