އަޚުލާޤުމުޖުތަމަޢު

ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!

ފާޅުވެފައިވާ ޢަލާމާތްތަކުގެ ތެރޭގައި ޒިނޭކުރުން ފެތުރިގެން ދިއުމާއި މީސްތަކުންގެ ތެރޭގައި އެކަން ގިނަވުން ހިމެނެއެވެ. ފަހެ ހިމެނެނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ކަމުގައި ނަބިއްޔާ صلى الله عليه وسلم ހބަޔާންކޮށްދެއްވާފައި ވާކަން ކަށަވަރެވެ.

އަނަސް رضي الله عنه ގެ އަރިހުން ދެ ޞަޙީޙުގައި ޘާބިތުވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((إِنَّ مِنْ أَشرَاط السَّاعَةِ … (فَذَكَرَ مِنْهَا:) وَيَظْهَرُ الزِّنَا))[1] މާނައީ: “ހަމަކަށަވަރުން ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި . . . ޒިނޭ ފާޅުވުން (އެކަންކަމުގެ ތެރޭގައި ޛިކުރު ކުރެއްވިއެވެ.)”

އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((سَيَأَتِيْ عَلَى النَّاسِ سَنَوَتٌ خَدَّاعَاتٌ . . . (فَذَكَرَ الحَدِيْث، فِيْه:) وَتَشِيْعُ فِيْهَا الْفَاحِشَةُ))[2] މާނައީ: “ގެއްލެނިކަން ބޮޑު އަހަރުތަކެއް މީސްތަކުންނާ ބައްދަލުކުރާނެތެވެ. . . . (ދެން ޙަދީޘް ކިޔުއްވެވިއެވެ. އޭގައި ވެއެވެ:) އަދި އެއަހަރު ތަކުގައި ފާޙިޝް ކަންކަން ފެތުރިގެން ދާނެއެވެ.”

މިކަމުގައިވެސް އެންމެ ނުބައިކަން އިތުރު ކަމަކީ ޒިނޭ ހުއްދަ ކޮށްގަތުމެވެ. ފަހެ ޞަޙީހު [އަލް ބުޚާރީ] ގައި أَبُوْ مَالِك الأَشْعَرِي ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް އެކަލޭގެފާނު އަޑު އެއްސެވިއެވެ. ((لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ))[3] މާނައީ: “ޒިނޭއާއި ފަށުވި ހުއްދަކުރާ ބަޔަކު ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނޭކަން ކަށަވަރެވެ.”

ދެންފަހެ ފަހުޒަމާނުގައި، މުއުމިނުތަކުން މަރުވުމަށްފަހު ދެން ވާހުށީ މީސްތަކުންކުރެ އެންމެ ނުބައި މީހުންނެވެ. ގެރިބަކަރި ގުޅުން ހިންގާފަދައިން މީސްތަކުންގެ ތެރޭގައި ދެމަފިރިކަމުގެ ގުޅުން ހިންގައެވެ. ނައްވާސް رضي الله عنه ގެ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ: ((وَيَبْقَى شِرَارُ النَّاسِ يَتَهارَجُونَ فِيهَا تَهارُجَ الحُمُرِ، فَعَلَيْهِمْ تَقُوْمُ السَّاعَة))[4] މާނައީ: “އަދި މީސްތަކުންކުރެ އެންމެ ނުބައި މީސްތަކުން ދެމިތިބޭނެއެވެ. ގެރިބަކަރި ގުޅުން ހިންގާފަދައިން ދެމަފިރިކަމުގެ ގުޅުން ހިންގާނެއެވެ. ފަހެ ޤިޔާމަތް ޤާއިމްވާނީ އެބައިމީހުންގެ މައްޗަށެވެ.”

އަދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ((وَالَّذِي نَفْسِي بِيَدِهِ؛ لا تَفْنَى هَذِهِ الأُمَّةُ حَتَّى يَقُومَ الرَّجُلُ إِلَى الْمَرْأَةِ، فَيَفْتَرِشُهُا فِي الطَّرِيقِ، فَيَكُونُ خِيَارُهُمْ يَوْمَئِذٍ مَنْ يَقُولُ: لَوْ وَارَيْتَهَا وَرَاءَ هَذَا الْحَائِطِ!))[5] “ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘް ކުރައްވަމެވެ: ފިރިހެނުން އަންހެނުންގެ ޢިއްފަތް ފޭރިގަނެ، މަގުމަތީގައި އެއްދާންކޮށްފުމަށްދާންދެން މިއުއްމަތް ފާނާވެގެން ނުދާހުއްޓެވެ. ފަހެ މިފަދައިން ބުނާ މީހާ އެދުވަހުގައި އެންމެ ހެޔޮމީހާ ކަމުގައި ވެއެވެ: މިފާރުގެ ބިތްޕަށުގައި ނަމަވެސް ނިވާވެލާ ނަމައެވެ.”

އަނަސްގެފާނުގެ އިސްވެދިއަ ޙަދީޘާ ބެހޭގޮތުން ((المُفْهِم)) އެވެ ކިޔޭ ފޮތުގައި ޤުރުޠުބީ[6]  ވިދާޅުވެފައި ވެއެވެ: [ބަސްފުޅުގެ މާނައީ:] “ނަބީކަމުގެ ޢަލާމާތްތަކުން ޢަލާމާތެއް މިޙަދިޘުން ވެއެވެ. އެހެނީ އެކަލޭގެފާނު ދެއްވާފައިވާ މިވަނީ މުސްތަޤްބަލުގައި ހިނގާނޭ ކަމެއްގެ ވާހަކައެވެ. ފަހެ މިކަން ވެސް ހިނގައިފިއެވެ. ޚާއްޞަކޮށް މިޒަމާނުގައެވެ.”

ދެންފަހެ މިއީ ޤުރުޠުބީމެން ބޭކަލުންގެ ޒަމާނުގައި ކަމުން ފަހެ މިޒަމާނުގައި އެކަން ފާޅުވުން ވާހުށީ އިތުރެވެ. ޖާހިލުކަން ވެރިވެފައިވާލެއް ބޮޑުކަމުންނާއި މީސްތަކުންގެ މެދުގައި ފަސާދަ ފެތުރިފައިވާލެއް ބޮޑުކަމުންނެވެ.

 

މަސްދަރު: dhisalafiyyah.net

Leave a Reply

Your email address will not be published.