ސުވާލާއި ޖަވާބު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2

2- ﷲ تعالى އަށް ވަކީލުކުރުން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا﴾ [1]
މާނައީ: “އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمرފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.”

((عن عمر بن الخطاب رضي الله عنه قال: قال رسول الله صلى الله عليه وسلم: ” لو أنَّكم  توَكلونَ علَى اللهِ حقَّ توَكلِه لرَرَزَقَكُم كما يرزقُ الطَّيرَ تغدو خماصًا وتروحُ بطانًا “))  [2]

މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޢުމަރު ބުން އަލްޚައްޠާބް رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “الله އަށް ވަކީލުކުރުން ޙައްޤުގޮތުގައި ތިޔަބައިމީހުން އެ އިލާހަށް ވަކީލުކުރާނަމަ، އެއިލާހު ދޫނިތަކަށް ރިޒުޤުދެއްވާ ފަދައިން ތިޔަބައިމީހުންނަށްވެސް ރިޒުޤުދެއްވާނެއެވެ. އެ ދޫނިތައް ހެނދުނު ނުކުންނަނީ ހައިކަންމަތީގައެވެ. އަދި ހަވީރު އެނބުރި އަންނަނީ ބަނޑު ފުރައިގެންނެވެ.”

ابن رجب رحمه الله ވިދާޅުވިއެވެ.[3] “ތަވައްކުލުކުރުމަކީ ދުނިޔެ އާއި އާޙިރަތުގެ މަޞްލަޙަތު ހިމެނޭ ކަންކަން ހޯދައިގަތުމަށާއި ގެއްލުންދެނިވި ކަންކަމުން ދުރުކޮށް ދެއްވުމަށް އެދި ހިތުގެ އަޑިން ތެދުކޮށް ﷲ تعالى އަށް ބަރޯސާވުމެވެ.”

އަދި ابن القيم رحمه الله ވިދާޅުވިއެވެ.[4] “ބޭނުންވާ ކަންތައްތައް ޙާސިލްވުމާއި އެންމެހާ ނުރުހޭ ކަންތައްތަކުން ދުރުކޮށްދޭ އެންމެ ބޮޑު އެއް ސަބަބަކީ ތަވައްކުލުކުރުމެވެ.”

 

މަސްދަރު: dhisalafiyyah.net

Leave a Reply

Your email address will not be published.