Jannah MV
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން
Jannah MV
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން
Jannah MV

ރިބާގެ ލޯނެއް ނެގިއްޖެ! ތައުބާވާނީ ކިހިނެތް؟

ސުވާލު: އަޅުގަނޑަކީ އިސްލާމްދީނުގެ ރުކުންތަކަށް ބަރާބަރަށް ފަރުވާތެރިވާ މީހަކީމެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ހައުސިން ލޯނެއް ނެގިފައި ވެއެވެ. އަދި އެއީ ރިބާ އެކުލެވިގެންވާ ލޯނެއް ކަމުގައި ދަންނަބޭކަލުން އިތްތިފާގުވެ ލައްވައެވެ. އޭރަކު މިކަމެއް އެހާ ރަނގަޅަކަށް އަޅުގަނޑަކަށް ނޭންގެއެވެ. އަދި އެލޯން ދައްކައި ނުނިމެއެވެ. މިކަމާ މިހާރު އަޅުގަނޑު ހިތާމަ ކުރަމެވެ. މިކަމުން ތައުބާވުމަށް އަޅުގަނޑު ހަދާނީ ކިހިނެއް ތޯއެވެ؟

ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ބޭންކް އޮފް މޯލްޑިވްސް އަކީ ޝައްކެއް ނެތް ގޮތުގައި ރިބާ ލޯނު ދޫކުރާ ބައެކެވެ. އަދި ރިބާ ލޯނަކީ ޝައްކެއް ނެތް ގޮތުގައި ބޮޑުވެގެން ހުރި ނުރައްކާތެރިކަން ބޮޑު ހަރާމް އެއްޗެކެވެ. ނޭންގޭ ހާލުގައި އެފަދަ މުޢާމަލާތެއް ކޮށްފި މީހަކަށް ފާފައެއް ނުވެއެވެ. ނަމަވެސް އެއީ ހަރާމް އެއްޗެއް ކަން އެނގުމާއި އެކުގައި ވީ އެއްމެ އަވަސް ފުރުސަތެއްގައި އެކަން ނިންމައި އެކަމުން ސަލާމަތް ވުން ލާޒިމު ވާނެއެވެ. ނަމަވެސް އެނގިހުރެ ރިބާގެ މުޢާމަލާތެއް ކޮށްފި މީހާއަކީ ފާފަވެރިއެކެވެ. ކޮންމެ ހާލަތެއްގައި ރިބާގެ މުޢާމަލާތެއް ކުރެވުނަސް އެކަމުން ތައުބާވާން ޖެހޭނެއެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ތައުބާ ގަބޫލު ކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَنْ جَاءَهُ مَوْعِظَةٌ مِنْ رَبِّهِ فَانْتَهَى فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ وَمَنْ عَادَ فَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (البقرة 275) މާނައަކީ: ”އަދި މާތް ﷲ ވިޔަފާރި ހަލާލު ކުރެއްވިއެވެ. އަދި ރިބާ ހަރާމް ކުރެއްވިއެވެ. ދެންފަހެ، އެމީހެއްގެ ގާތައް އޭނާގެ ވެރިރަސްކަލާނގެ ހަޟުރަތުން ނަސޭހަތް (ރިބާ ހަރާމްވި ކަމުގެ ބަސްފުޅު) އައުމުން އެކަން ހުއްޓާލައިފި މީހާގެ އިސްވެ ދިޔަބައި ގައި އޭނާއަށް ފާފައެއް ނުވެއެވެ. އަދި ކުރިއަށް އޮތް ތާނގައި އޭނާގެ ކަންތައް ހުރީ ﷲ ގެ ހަޟުރަތަށެވެ. އަދި ރިބާގެ މުޢާމަލާތް ކުރުމަށް އަލުން ފަށައިފި ނަމަ ފަހެ އެބައިމީހުންނީ ނަރަކަވަންތަ ވެރީންނެވެ. އެތަނުގައި އެމީހުން އަބަދަށް ދެމި ތިބޭނެއެވެ

ތައުބާގެ އެއްމެ ފުރަތަމަ އަދި އެއްމެ މުހިންމު ޝަރުތަކީ: ތިބާ އެފާފައަކުން ތައުބާވެ، ޚަލާޞްވާން ގަސްތުކުރާ ފާފަ ހުއްޓައިލުމެވެ. ވީމައި ތިބާ ނަގާފައިވާ ލޯނަކީ ކޮންމެ ގޮތެއްގައި ނަމަވެސް އަދާކުރަން ޖެހޭ ލޯނެކެވެ. ނަމަވެސް އަދާކުރަން ޝަރުޢީ ގޮތުން ޖެހޭ އަދި ހުއްދަ މިންވަރަކީ ނެގި އަދަދެވެ. އޭގެ އިތުރު ބަޔަކީ ރިބާ އެވެ. އެފައިސާ ނުދައްކައި ވާނެ އެއްވެސް ގޮތެއް އޮތް ނަމަ، މިސާލަކަށް ބޭންކާއި ވާހަކަ ދައްކައިގެން އިންޓްރެސްޓް މާފު ވުން ފަދަ ގޮތެއް އޮތް ނަމަ އެކަމަށް މަސައްކަތް ކުރުން ލާޒިމު ވެގެން ވެއެވެ. އެފަދަ އެއްވެސް ގޮތެއް ނެތް ނަމަ ވީ އެއްމެ އަވަސް ފުރުސަތެއްގައި އެ ލޯން އަދާކޮށް ނިންމަން ޖެހޭނެއެވެ.
މާތް ﷲ ތިޔަ އަޚާއަށް ހެޔޮ ތައުފީގު ދެއްވާށި! އާމީން!

والله أعلم وبالله التوفيق وصلى الله على نبينا محمد وعلى آله وصحبه وسلم

މަސްދަރު: raajjeislam

ގުޅުންހުރި ލިޔުންތައް

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2
ސުވާލާއި ޖަވާބު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2

ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ
ސުވާލާއި ޖަވާބު

ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


- ޚިޔާލު ފާޅުކުރުމުގައި އިސްލާމީ މިންގަނޑުގެ ތެރެއިން ޚިޔާލު ފާޅުކުރެއްވުން އެދެން

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2
ސުވާލާއި ޖަވާބު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2

ޖެނުއަރީ 25, 2021
ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!
މުޖުތަމަޢު

ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!

ޖެނުއަރީ 24, 2021
ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ
ސުވާލާއި ޖަވާބު

ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ

ޖެނުއަރީ 23, 2021
ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު
ސުވާލާއި ޖަވާބު

ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު

ޖެނުއަރީ 22, 2021
ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1
އަޚުލާޤު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1

ޖެނުއަރީ 21, 2021
1979 ވަނަ އަހަރު ޙަރަމްފުޅުގައި ހިނގައިދިޔަ ލޭ އޮހޮރުވުން
އިސްލާމީ ތާރީޚް

1979 ވަނަ އަހަރު ޙަރަމްފުޅުގައި ހިނގައިދިޔަ ލޭ އޮހޮރުވުން

ޖެނުއަރީ 20, 2021
ޖަންނަ އެމްވީ އަކީ ދިވެހިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހެދިފައިވާ ބްލޮގެކެވެ.
www.jannahmv.com
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން

Copyright 2020 – Jannahmv.com | All Rights Reserved