Jannah MV
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން
Jannah MV
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން
Jannah MV

ކަލަކުވޭ ހެއްޔެވެ؟

އާކިއޮލޮޖިސްޓުން ސަހަރާތެރޭގައި އަދިވެސް އެނޫން ތަންތަން ކޮނެގެން ތަފާތުތަކެތި ހޯދައެވެ. އެގޮތުން އެބައިމީހުން ކުޑަޕޮޓެއް ނުވަތަ އެނޫންވެސް އާލާތްތައް ހޯދައެވެ. އަދި އެ އާލާތްތައް ތަޙުޤީޤުކުރުމަށްފަހު އެއީ މީގެ އެތައް ޤަރުނެއް ކުރިން ކޮންބަޔަކު ކޮންތާކު ބޭނުންކުރި އެއްޗެއްކަން އެމީހުން ބަޔާންކޮށްދެއެވެ.

އަދި އެއުފެއްދި މީހުންގެ ވައްތަރާއި އެއީ ކޮން ޙަޟާރާތެއްކަމާއި އެމީހުން އުޅުނީ ކޮންހިސާބެއްގައިކަން އެމީހުން ބުނެދެއެވެ. އަދި އެ ކުލޭޕޮޓް ހަދާފައިވާ ވަގުތާއި ހަދާފައިވަނީ ކޮންފިނި ހޫނުމިނެއްގައި ކަމާއި އެހެދުމަށް ބޭނުންކުރި މާއްދާތަކާއި ޕޮޓް ހެދި މީހުންގެ ކުޅަދާނަކަންވެސް ބަޔާންކޮށްދެއެވެ. އެއީ ހަމައެކަނި ސަހަރާތެރޭން ވަޅުލެވިފައިވާ ކުޑައެތިކޮޅަކުން އެމީހުންނަށް ހޯދުނުހާ މަޢުލޫމާތެވެ.

ތިބާގެ ސިކުނޑިން މިކަމާމެދު ނިކަން ފުންކޮށް ވިސްނާލައްވާށެވެ.

އާކިއޮލޮޖިސްޓުންނަށް އެމީހުން ހޯދި ޢާލާތްތައް ހެދި ޙަޟާރާތް ފެނުނު ހެއްޔެވެ؟ އަދި އެ ޙަޟާރާތްވާކަން އެމީހުންނަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟އެމީހުންނަށް އެޙަޟާރާތް ވާކަން އެނގުނީ އެމީހުންނަށް ފެނުނު ތާރީޙީ އެތިކޮޅުންނެވެ. އެމީހުންނަށް ފެނުނު އެތިއޮތީ މީހަކުއުފައްދާފައި އޮތް އެއްޗެއްކަމާއި އެބައްޓަންކޮށް އެޔަށް ބަނޑިބަނޑި ލައްވައި އެހެދުމުގެ ހުނަރު ލިބިފައި ހުރި މީހަކު ހެދިއެއްޗެއްކަން އެމީހުންނަށް އެނގުނީ އެތާރީޚީ އެތިކޮޅުންނެވެ. އަދި އޭގެ އިތުރުން އޭނާއަށް ފެނުނުއެތި ތަރައްޤީކޮށް އެއީ ރީތިއެއްޗަކަށް ހެދުމުގެ ބާރުވެސް އޭނާއަށް ލިބިފައިވެއެވެ. އާރކިއޮލޮޖިސްޓުން އޭނާއަށް ފެނުނު އެތީގެ ޒަރީއާއިން އެއާލާތެއް ހާދާފައިވާ ޙަޟާރާތްވާ ކަމާމެދު އެއްވެސް ޝައްކެއްނުކުރާނެއެވެ. އެއީ އޭނާއަށް ފެނުނު ހެކީގެ ސަބަބުންނެވެ.
އަދި އެހެދި މީހުންގެ ވިސްނުމުގެ ބާރާއި ތަކެތި އުފެއްދުމުގެ ކުޅަދާނަކަމާއި ހުނަރުވެރިކަން އޭނާއަށް ވަޒަންކުރެވޭފަދަ އާލާތެއް އޭނާއަށް ފެނުމުންނެވެ. ތިބާގެ ހަތަރުފަރާތަށް ބަލާށެވެ. ސަނީ ސައިޑުކަމަށް ބުނާ މިރާއްޖޭގެ އިރުއޮއްސޭ ހިތްގައިމު މަންޒަރު ތިބާ ނުދެކެމުހެއްޔެވެ؟ މުރިނގުން އަރާ އެރީތި ހިތްގައިމު ސާދަވިލޭރޭގެ ހަނދު ތިބާ ހަމަ ނުދެކެމުހެއްޔެވެ؟ މާލޭ ދެކުނު ފަރާތު ރާޅުގަނޑުން ނަގާ ހިތްގައިމު ރާޅުތައް ހޮޅިލާފައި މުގުރަމުން ފޮނުނަގަމުން އައިސް ގާގަނޑުގެ މައްޗަށް މުގުރައިލާ މަންޒަރު ހަމަ ނުދެކެމުހެއްޔެވެ؟ މިރާއްޖޭގެ މޫދުއަޑީގައިވާ މުރަކައިގެ ބަގީޗާތަކުގެ ހިތްގައިމު ކަމާއި ޗާލޫކަމުގެ ވާހަކަ ނާހާނަމަ ތިބާ ދިވެއްސަކަށް ވާކަމާއި މެދުވެސް ޝައްކެވެ. އަދި މިރާއްޖޭގެ އެކިރަށްތަކާއި އެކި ގޮނޑުދޮށްތަކުގައި ހެދޭ ތަފާތުގަސްތައް ކުޑަ އޮށެއްގެ ޒަރީއާއިން ފަޅައި ހެދެމުންދާ މަންޒަރު ތިބާއަށް ހަމަ ނުފެނޭހެއްޔެވެ؟ތިބާއާއި މެދު ވިސްނާށެވެ. އެދެލޮލުން ބަލާލޮލާއި، އެދެކަންފަތުން އަޑުއަހާ ދެކަންފަތާއި، ދެއަތާއި ދެފަޔާއި ، ގުންކިޔާފައި ވިންދު ޖަހަމުންދާ ތިބާގެ ހިތާއި ސިކުނޑިއާއި އަދިވެސް އެނޫން އަޖައިބުކުރަނިވި ގޮތްގޮތަށް މަސައްކަތްކުރާ ގުނަވަންތަކާއިމެދު ވިސްނާލާށެވެ. މިހުރިހާ އެއްޗެއް އެހާ ފުރިހަމަކަމާއެކު އެއްވެސް ބުރޫއެރުމެއްނެތި މަސައްކަތްކުރާ ގޮތާ މެދު ވިސްނާލާށެވެ.

ތިބާ ފޭސްބުކަށް ވަންނަ އިރު ދެއަތާއި ދެލޮލާއި ދެކަންފަތް ފޭސްބުކުގައި ބޭނުންކުރާގޮތާ މެދު ނިކަން ވިސްނާލާށެވެ. އަދި ތިބާގެ އެހެނިހެން ގުނަވަންތައް ތަފާތު އެކިވަގުތުތަކުގައި އެވަގުތަކާއި ގުޅޭގޮތުން އެކި ބޭނުންތައް ކުރަމުންދާ ދިޔުމާމެދު ވިސްނާލުން ކިހިނެއްވާނެބާއެވެ. އެއް ގުނަވަނަކުން އަހަރެމެން ތަފާތު އެތައް ކަމެއް ކުރަމެވެ. ރަހަބެލުމާއި ވާހަކަދެއްކުމާއި އަކުރުތަކުގެ އަޑުނެރުން މިއީ އަދި އެންމެ ގުނަވަނަކުން ކުރާހާ ކަންތައްތަކެވެ. އަދި އެހެން ގުނަވަންތަކާއި މެދު ނިކަން ފުންކޮށް ވިސްނާލާށެވެ.

މިކާއިނާތުގައި ހިނގަމުންދާ ދައުރުވުންތަކުން ފެށިގެން ކުދިކުދި ޒައްރާތަކުގެ ހިނގުމާއި ހިސާބަށް، ބޮޑެތި ޖަނަވާރުތަކުގެ ތިމާވެށިން ފެށިގެން އެތަކެތީގެ ޑީ.އެން.އޭއާއި ހިސާބަށް މިހުރިހާ ކަމެއް ހާމަކޮށްދެނީ މިހުރިހާކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ވަރުގަދަ ޙިކުމަތްތެރިކަމާއި ބާރުގަދަ ރޭއްވުންތެރި ޢިލްމުވެރި ކުޅަދާނަ މޭސްތިރިއެއްވާކަމެވެ. އަދި މިކައުނާއި މުޅި މި ކާއިނާތު ހިންގާ ބާރެއް ވާކަމެވެ.

ވިސްނާ ފިކުރުކުރާ މީހަކަށް މިހުރިހާ އުފެއްދެވުންތަކެއްގެ ފަހަތުގައި މޭސްތިރިއެއް ވާކަމާއި އެފަރާތުގެ ޙިކުމަތްވަންތަ ކަމާއި އަދި އެފަރާތެއްގެ ޢިލްމުފުޅުގެ މަތިވެރިކަން ފެންނަމުން މިދަނީ އެފަރާތަކުން އުފައްދަވާފައިވާ ތަކެތީގެ ޒަރީއާއިންނެވެ.

ވަރަށް ގިނަ މީހުން ތަބީއީގޮތުން އިލާހަކުވާކަން ދެނެގަނެއެވެ. އާންމުކޮށް ހުރިހާ ދީންތަކަކާއި އަދި ހުރިހާ ސަޤާފަތްތަކެއްގައި މިކަންވަނީ މިހެންނެވެ. ދީން ގަބޫލުނުކުރާ މުލްހިދުންނާއި (އެތީސްޓުން) އަދި ސައިންސުވެރިންވެސް މިކަން ދެނެގަނެއެވެ. ނަމަވެސް ހެއްދެވި ފަރާތް މި ލަފުޒު ބޭނުން ކުރުމުގެ ބަދަލުގައި އެބައިމީހުން އެހެން ލަފުޒެއް ބޭނުންކޮށްލައެވެ. މިސާލަކަށް “ ތަބީޢަތުގެ މަންމަ“ ނުވަތަ ޤުދުރަތުގެ އަޖައިބުކަން ފަދަ ނަމަކުން ހެއްދެވި ފަރާތަކަށް މުޚާތަބުކޮށް އެބައިމީހުން ކަލަކުވާކަން ގަބޫލުކުރުމުން ބަރީއަވެގަނެއެވެ.

މިކަމުން މީސްތަކުން އަޖައިބުކުރުވާ ކަމަކީ މިބައިމީހުން މިކަމަށް އިންކާރު ނުކުރާ އިރު ހެއްދެވި އިލާހެއްވާކަމަށް ޤަބޫލުނުކުރާ ނުކުރުމެވެ. ގިނަ ފަހަރަށް ސަބަބަކަށް ވަނީ ދުނިޔޭގެ މާއްދީ ދިރިއުޅުމުގައި ކަންނެތްކަމާއި އެކު ދެމިހުރުން ފިޔަވައި އެހެންކަމެއް ނޫނެވެ. އޭރުން އެއްވެސް އަޅުކަމެއް ކުރާކަށް ނުޖެހޭނެއެވެ. އަދި އެއްވެސް ކަމަކުން މަނާވެގެން ހުރުމަށް ބަހަނާއެއް ނޯންނާނެއެވެ.

އަނެއް ސަބަބަކީ ބައެއް މީހުން ޤަބޫލުކުރަނީ މުދުނިޔޭގައި އުޅެފައިވާ ފަރާތްތަކަކީ ކަލާންގެކަމަށެވެ. މިފަދައިން ޤަބޫލުކުރާ މީހުން ވިސްނަން ވީ މިހުރިހާ ކަމެއް އުފެއްދެވި އިލާހު އާދައިގެ އިންސާނަކަށް ވެގެން އައިސް ނުވަތަ އެނޫންގޮތަކަށްވެގެންވެސް އައުމަކީ ބުއްދިޤަބޫލުކުރާ ކަމެއް ނޫންކަމެވެ. ސަބަބަކީ މިސާލަކަށް ކުރިސްޓިއަނުން ގަބޫލުކުރާ ފަދައިން ޢީސާގެފާނު ކަލާންގެ އެއްކަމުގައި ވާނަމަ އެކަލޭގެފާނު އަމިއްލައަށް އެކަލޭގެފާނަށް އަޅުކަންކުރައްވަފާނެބާވައެވެ؟ އަދި އެކަލޭގެފާނަށް އަޅުކަން ކުރުމަށް އެކަލޭގެފާނު ވިދާޅުވެފައި ނުވާއިރުވެސް އެކަލޭގެފާނަށް ބައެއްމީހުން އަޅުކަން ކުރަމުން ދިޔުމަކީވެސް މިކަމުގެ ހަމަނުޖެހޭ ކަމުގެ ހެއްކެކެވެ.

އަހަރެމެން ހެއްދެވިފައިވަނީ އަހަރެމެންގެ މައިންގެ ރަޙިމުގެ ތެރެއަށް އޮހިގެންދާ ފެންތިކިތަކަކުން ކަމާއި އަދި މަންމަގެ ރަހިމުގެ ބަނޑުގައި ގަރުބަގަތުމަށްފަހު ކުޑަކުއްޖެއްގެ ގޮތުގައިއެއްވެސް ބާރެއްނެތި ކުޑަކަމާއި ބޮޑުކަމު ، ދެކަމު ދެވެމުންދާ ހާލުގައި ކަމާއި އަދި ކާ އެއްޗެއް ބޯ އެއްޗެއް ނުލިބިއްޖެނަމަ އަހަރެމެން މަރުވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ވީމާ މިއީ އެއްވެސް ހާލެއްގައި އިލާހަކަށް ނިސްބަތްކުރަން ހެޔޮވާފަދަ ސިފަތަކެއް ނޫންކަން އަހަރެމެންނަށް އެނގެއެވެ. ހެއްދެވިފަރާތަކަށް މި ސިފަތަކެއް އެކަށީގެނެއް ނުވެއެވެ. ވީމާ އިންސާނުންނަށް އަޅުކަން ކުރާ ފަރާތްތަކުން މިކަމާއި މެދު ފުންކޮށް ވިސްނާލުން ކީއްތޯއެވެ؟

ނުނިމޭ

މަސްދަރު: aruoxam.blogspot.com

 

ގުޅުންހުރި ލިޔުންތައް

އަހުލުއްސުންނަތް ވަލްޖަމާޢަތަކީ ކޮބާ؟
ފިޤްޙް

އަހުލުއްސުންނަތް ވަލްޖަމާޢަތަކީ ކޮބާ؟

ދުޢާ ކުރާއިރު ވިސްނަންވީ މުހިންމު 4 ކަމެއް!
ފިޤްޙް

ދުޢާ ކުރާއިރު ވިސްނަންވީ މުހިންމު 4 ކަމެއް!

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


- ޚިޔާލު ފާޅުކުރުމުގައި އިސްލާމީ މިންގަނޑުގެ ތެރެއިން ޚިޔާލު ފާޅުކުރެއްވުން އެދެން

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2
ސުވާލާއި ޖަވާބު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2

ޖެނުއަރީ 25, 2021
ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!
މުޖުތަމަޢު

ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!

ޖެނުއަރީ 24, 2021
ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ
ސުވާލާއި ޖަވާބު

ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ

ޖެނުއަރީ 23, 2021
ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު
ސުވާލާއި ޖަވާބު

ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު

ޖެނުއަރީ 22, 2021
ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1
އަޚުލާޤު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1

ޖެނުއަރީ 21, 2021
1979 ވަނަ އަހަރު ޙަރަމްފުޅުގައި ހިނގައިދިޔަ ލޭ އޮހޮރުވުން
އިސްލާމީ ތާރީޚް

1979 ވަނަ އަހަރު ޙަރަމްފުޅުގައި ހިނގައިދިޔަ ލޭ އޮހޮރުވުން

ޖެނުއަރީ 20, 2021
ޖަންނަ އެމްވީ އަކީ ދިވެހިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހެދިފައިވާ ބްލޮގެކެވެ.
www.jannahmv.com
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން

Copyright 2020 – Jannahmv.com | All Rights Reserved