އިސްތިހާރު : އެންޑްރޮއިޑް އެޕްލިކޭޝަން ހަދާހިތްވޭތަ؟
މުޖުތަމަޢު

އެންމެ ތިން ސުވާލު! ޖަވާބު ދެވޭނެތަ؟

އަޅުގަނޑުމެންނަކީ ދުނިޔެވީ އިމްތިހާންތަކުން ފާސްވުމަށްޓަކައި ރެޔާއި ދުވާލު ގަދައަޅައި މަސައްކަތްކުރާ ބައެކެވެ. އަދި އަޅުގަނޑުމެންގެ ދަރިންނައްވެސް އިމްތިހާންތަކުން މަތީ ނަތީޖާ ހޯދަދިނުމަށްޓަކައި މަސައްކަތް ކޮއްދެއެވެ. ނަމަވެސް ކަށްވަޅުގައި ކުރެވޭ ތިން ސުވާލައް ޖަވާބުދިނުމަށްޓަކައި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންގެ އަމަލުތައް ސީދާ ކުރުމަށް މަސައްކަތްކުރަނީ ކިހާ މިންވަރަކަށް ތޯއެވެ. ކަށްވަޅަކީ ކޮންމެ މީހަކުވެސް މަރުވުމަށްފަހު ބައްދަލު ކުރާނޭ ތަނެކެވެ. އަދި ކަށްވަޅަކީ އާޙިރަތުގެ ހާޔަތުގެ ތެރެއިން ބައްދަލު ކުރާނެ ފުރަތަމަ ގޯއްޗެވެ. ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ. “ ހަމަކަށަވަރުން ގަބުރަކީ ސުވަރުގޭގެ ބަގީޗާތަކުގެތެރެއިން ބަގީޗާއެކެވެ. ނުވަތަ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ.” ( ތިރްމީޛީ)

ކަށްވަޅުގައި ކުރެވޭ ތިން ސުވާލައް ތެދުވެރި ކަމާއިއެކު ޖަވާބު ދެވިއްޖެ ނަމަ އަޅުގަނޑުމެން ވާނީ ބާއްޖަވެރިންގެ ގޮތުގައެވެ އަދި އެ ސުވާލުތަކައް ޖަވާބު ނުދެވިއްޖެ ނަމަ އަޅުގަންޑުމެން ވާނީ އަބާއްޖަވެރިންގެ ތެރެއިންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((القَبْرُ أَوَّلُ مَنَازِلِ الآخِرَة)) ”ކަށްވަޅަކީ އާޚިރަތުގެ އެއްމެ ފުރަތަމަ މަނޒިލެވެ“ ((فَإِنْ يَنْجَحْ مِنْهُ فَمَا بَعْدَهُ أَيْسَرَ مِنْهُ )) “ އެތަނުން ކާމިޔާބު ވެއްޖެ މީހާ އޭގެ ފަހުގައި އޮންނަ މަރުޙަލާގައި އެއަށްވުރެ މާ ފަސޭހަވާނެއެވެ.“ ((وَإِنْ لَمْ يَنْجَحْ مِنْهُ فَمَا بَعْدَهُ أَشَدُّ مِنْهُ)) “ އެތަނުގައި ނާކާމިޔާބު ވެއްޖެމީހާ އެއައްވުރެ ފަހު މަރުޙަލާގައި ގަދަފަދަކަމާއި ވޭން އުފުލަން ޖެހޭނެއެވެ.“  ކަށްވަޅުގައި ކުރެވޭ ތިން ސުވާލުވަނީ ރަސޫލާ ބަޔާން ކޮށްދެއްވާފައެވެ. އެ ތިން ސުވާލަކީ ތިބާގެ ރައްބަކީ ކޮބާ؟ ތިބާގެ ދީނަކީ ކޮބާ؟ އަދި ތިބާގެ ނަބިއްޔަކީ ކޮބާ؟ މި ތިންސުވާލެވެ.

މާތްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ((إِنَّ الَمَيِّتَ يَصِيْرُ إِلَى القَبْرِ)) ”ހަމަކަށަވަރުން މައްޔިތާ ކައްވަޅަށް ދާނެޔޭ“ ((فَيجْلِسُ الرَّجُلُ الصَّالِحُ فِيْ قَبْرِهِ غَيْر فَزَعٍ وَ لَا مَشْعُوْفٍ)) ”ފަހެ ސާލިޙު އަޅާ ކައްވަޅުގައި ބިރުވެރިކަމެއް އަދި ހިންހަމަ ނުޖެހުމެއްނެތި އެތާނގައި ހުންނާނެޔޭ“ ((ثُمَّ يُقَالُ لَهُ، فِيْمَ كُنْتَ؟)) ”އޭނައަށް ބުނެވޭނެ، ތިބާގެ ދީނަކި ކޮބައިތޯއޭ؟“ ((فَيَقُوْلُ، كُنْتُ فِيْ الإِسْلَامِ)) ”އޭނަ ބުނާނެ، އިސްލާމްދީނޭ“ ((فَيُقَالُ لَهُ، مَا هَذَا الرَّجُلُ؟)) ”ދެން ނަބިއްޔާ ޞައްލަﷲ އަލައި ވަސައްލަމަޔާ ބެހޭގޮތުން އޭނަޔާ ސުވާލުކުރެވޭނެ“ ((فَيَقُوْلُ)) ”ފަހެ އޭނާބުނާނެ، ((مُحَمَّدٌ رَّسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ جَاءَنَا بِالبَيِّنَاِت مِنْ عِنْدِ الله فَصَدَّقْناَه)) ”ތިޔައީ ﷲގެ ހަޟުރަތުންއައި ނަބިއްޔާއޭ، ތިމަންމެން އެކަލޭގެފާނުގެ ތެދުކަން ގަބޫލުކުރީމޭ“ ((فَيُقَالُ لَهُ)) ”ދެން އޭނަޔަށް ބުނެވޭނެއޭ“ ((هَلْ رَأَيْتَ الله؟)) ”ތިބާ ﷲ ތަޢާލާ ދުށިންހޭ“ ((فَيَقُوْلُ، مَا يَنْبَغِيْ لِأَحَدٍ أَنْ يَرَى الله)) އޭނާ ބުނާނެ، އެއްވެސްމީހަކަށް ﷲތަޢާލާ ނުފެންނާނެޔޭ“ ((فَيُفْرَجُ لَهُ فُرْجَةً قِبَلِ النَّارِ)) ”ދެން އެހިސާބުން ހުޅުވާލެވޭ ދޮރަކުން އޭނާއަށް ނަރަކަ ފެންނާނެ“ ((فَيَنْظُرُ إِلَيْهَا يَحْطِمُ بَعْضُهَا بَعْضًا)) ”އަދި މީސްތަކުންނަށް އެތަނުގައި އަޒާބު ލިބޭތީވެސް ފެންނާނެ“ ((ثُمَّ يُفْرَجُ لَهُ قُبَلِ الجَنَّة)) ”ދެން ސުވަރުގެއާ ދިމާލަށް ދޮރުކޮޅެއް ހުޅުވޭނެ“ ((فَيَنْظُرُ إِلَى زَهْرَتِهَا وَ مَا فِيْهَا)) ”އަދި އެތަނުގައިވާ ތަކެއްޗާއި މާމެލާމެލި އޭނަޔަށްފެންނާނެ“ ((فَيُقَالُ لَهُ)) ”އަދި އޭނައަށް ބުނެވޭނެ“ ((هَذَا مَقْعَدُكَ)) ”މީ ތިބާގެ މަންޒިލޭ“

މިސުވާލުތަކައް ޖަވާބު ދެވޭނީ ދުނިޔޭގައި އަޅުގަނޑުމެންނައް ލިބިފައިވާ މަދު ދުވަސްކޮޅުގެ ތެރޭގައި މާތް الله އާއި ރަސޫލާ ގެ އަމުރުފުޅުތަކައް ބޯލަބައި އިސްލާމްދީނުގައި އަޅުގަނޑުމެންގެ ދިރިއުޅުން ބިނާ ކޮށްގެންނެވެ.
މާތް الله ގެ ނަހީކުރެއްވި ކަންކަމުން ދުރުވެ ފުރިހަމަ އަށް އީމާންވެ ބަހާއި އަމަލުގައި ސީދާވެގެންނެވެ.

ޖަންނަތްއެމްވީ އެޑިޓޯރިއަލް

އެޑިޓޯރިއަލްގެ ފަރާތުން ޝާޢިރުކުރާ ލިޔުންތަކަކީ ޖަންނަ އެމްވީގެ އަމިއްލަ ޚީޔާލުތަކާއި ވިސްނުންތަކެވެ.

Leave a Reply

Your email address will not be published.