Jannah MV
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން
Jannah MV
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން
Jannah MV

ޘަމޫދް ބާގައިގެ މީހުންގެ ގެތަކުގެ ފޮޓޯ

ޘަމޫދު ބާގައިގެ މީހުން ދިރިއުޅުނު ރަށް އޮންނަނީ ސައޫދީ އަރަބިއްޔާގެ އުތުރުގައި މަދީނަތުލް މުނައްވަރާއާއި ތަބުކާއި ދެމެދުގައެވެ. މިބައިމީހުން ދިރިއުޅެފައިވަނީ ގާތްގަނޑަކަށް މީލާދީން ސަނަތުން 4000 އަހަރުގެ ކުރިން ފެށިގެން މީލާދީ ސަނަތު ފެށުމުގެ ކުރިން 2 ވަނަ ޤަރުނާއި ހަމައަށެވެ. މިބައިމީހުން އަރަބި ޖަޒީރާގައި (އެފްރިކާއާއި އޭސިޔާއާއި ދެމެދުގައި އޮންނަ ޢަރަބިން އުޅޭ ބައްރަށް ކިޔާނަން) އެކި ހިސާބުތަކުގައި ދިރިއުޅުނު ކަމުގައިވެއެވެ. މިގެތައްވަނީ 2008 ވަނަ އަހަރު ޔުނެސްކޯއިން ހިމާޔަތްކުރާ ތަންތަނުގެ ތެރޭގައި ހިމަނައިފައެވެ.

އިތުރު ފޮޓޯތައް ތިރީގައި

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޝާމަށް އެކަލޭގެފާނުގެ އަޞްހާބުންނާއި އެކުގައި ވަޑައިގެންނެވީ މިތަނުގެ ކައިރިންލާފައެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ އެބައެއްގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވެގެން މީހުންގެ ގެތަކަށް ތިޔަބައިމީހުން ހިތާމަކޮށް ކަރުނައަޅާ ހާލުގައި މެނުވީ ނުވަންނާށެވެ. އެއީ އެބައިމީހުންނަށް ޖެހުނު ފަދަ މުސީބާތެއް ތިޔަބައިމީހުންނަށް ޖެހިދާނެކަމަށްޓަކައެވެ. “ އަދި އެތަނުގައިވާ ވަޅުތަކުން ފެން ނުބޮއުމަށްވެސް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.
މިބައިމީހުންގެ ކުޅަދާނަކަން ފެނިގެންދާނީ މިބައިމީހުންގެ ގެތައް ލޮލުން ފެނުމުންނެވެ. މީސްތަކުން ކުލޭއިން އެއްޗެހި ހަދާފަދައިން މިބައިމީހުން ބޭނުންގޮތަކަށް ފަރުބަދައިގެ ހިލަތައް ބައްޓަންކުރެއެވެ. މިބައިމީހުންނަށް ހިލައިގެ އަހުލުވެރިންގެ ނަމުންނާއި އަދި ޞާލިޙުގެ ގައުމުގެ އަހުލުވެރިންގެ ނަމުން ނަންކިޔެއެވެ.
މިބައިމީހުން މިފަދަ ބާރުވެރިކަމާއި މުއްސަނދިކަން ލިބުމުން ﷲ ތަބާރަކަ ވަތަޢާލާ ދެއްވި ނިޢުމަތްތަކުގެ މަތިން ކިބުރުވެރިވެ ގަތެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝިރުކުކޮށް ބުދުތަކަށް އަޅުކަން ކުރަންފެށިއެވެ. ދެން މިބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މިބައިމީހުންގެ ގާތަށް މާތްﷲ އެބައިމީހުންގެ ތެރެއިން ޞާލިޙު އަލައިހިއްސަލާމް ނަބީކަމައިގެން ފޮނުއްވައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރަން ގޮވާލިއެވެ. އެކަލޭގެފާނުގެ ބަސްފުޅު ކީރިތިޤުރުއާނުގައި އަންނަނިވި ޢިބާރާތުން ބަޔާންވެގެންވެއެވެ.
قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ (ހޫދު 61)
މާނައީ: “ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ގައުމުގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ﷲ ފިޔަވައި(ޙައްޤުގޮތުގައި އަޅުކަންވެވޭ) އެހެން އިލާހެއް ނުވެއެވެ. “
ނަމަވެސް މިބައިމީހުން މިބަސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ޞާލިޙު އަލައިހިއްސަލާމްއަށް އުރެދިގަތެވެ. އަދި އެބައިމީހުން އެކަލޭގެފާނުގެ ނަބީކަމުގެ މުޢުޖިޒާތެއްގެ ގޮތުގައި ފަރުބަދައިގެ ތެރެއިން ބަނޑުބޮޑު އަންހެން ޖަމަލެއް ނެރެދިނުމަށް އެދުނު ހިނދު އެކަލޭގެފާނު ދުޢާކުރެއްވުމުން ބަނޑުބޮޑު އަންހެންޖަމަލެއް ﷲ ތަބާރަކަ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުން ފަރުބަދައިން ނެރުއްވިއެވެ. ނަމަވެސް މަދު ބަޔަކު މެނުވީ އީމާނެއް ނުވެއެވެ.
ނުނިމޭ
ނޯޓު: އަޅުގަނޑުމެންނަށް މިފެންނަ އެމެރިކާގެ ރައީސްގެ ގަނޑުވަރަކީ ޘަމޫދު ބާގައިގެ މީހުން ގެ ގެތަކުގެ ޑިޒައިނާއި ވަރަށް އެއްގޮތް ޑިޒައިނެކެވެ. ފަހަރެއްގައި ވައިޓުހައުސް ޑިޒައިން ކުރުމުގައި އަސްލަކަށް ޘަމޫދު ބާގައިގެ މީހުންގެ މަތީގައިވާ އެގެ އަސްލަކަށް ބެލިފައިވުމަކީ ހަމައެކަށީގެންވާ ކަމެކެވެ. ދެފޮޓޯ އަޅާ ކިޔާލައްވާ. މި ލިޔުމުގެ ނުނިމި އޮތްބައި އެހެން ދުވަހަކުން އިތުރު ފޮޓޯތަކަކާއި އެކު. އިންޝާ ﷲ

 

You don’t need to adhere to a particular subject or subject, as long as you get them interested

There are learn how to generate an essay better some terrific sites which have a broad range of products to select from, but you may not wish to obtain all them straight away.

in the subject enough to read your study paper.

ގުޅުންހުރި ލިޔުންތައް

ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!
މުޖުތަމަޢު

ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!

ޒަމްޒަމް ފެން ބުއިމުން އިވުމާއި ވާހަކަ ދެއްކުން އަނބުރާ ލިބުނު މީހެއްގެ ހަޤީޤީ ވާހަކަ
މުޖުތަމަޢު

ޒަމްޒަމް ފެން ބުއިމުން އިވުމާއި ވާހަކަ ދެއްކުން އަނބުރާ ލިބުނު މީހެއްގެ ހަޤީޤީ ވާހަކަ

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


- ޚިޔާލު ފާޅުކުރުމުގައި އިސްލާމީ މިންގަނޑުގެ ތެރެއިން ޚިޔާލު ފާޅުކުރެއްވުން އެދެން

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2
ސުވާލާއި ޖަވާބު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 2

ޖެނުއަރީ 25, 2021
ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!
މުޖުތަމަޢު

ޒިނޭ އާންމުވުން – ޤިޔާމަތް ވުމުގެ ޢަލާމާތެއް!

ޖެނުއަރީ 24, 2021
ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ
ސުވާލާއި ޖަވާބު

ސުވަރުގޭގެ އެންމެ ދަށް މަންޒިލް ލިބޭ މީހާގެ ދަރަޖަ

ޖެނުއަރީ 23, 2021
ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު
ސުވާލާއި ޖަވާބު

ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު

ޖެނުއަރީ 22, 2021
ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1
އަޚުލާޤު

ސިލްސިލާ އާޓިކަލް: ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 1

ޖެނުއަރީ 21, 2021
1979 ވަނަ އަހަރު ޙަރަމްފުޅުގައި ހިނގައިދިޔަ ލޭ އޮހޮރުވުން
އިސްލާމީ ތާރީޚް

1979 ވަނަ އަހަރު ޙަރަމްފުޅުގައި ހިނގައިދިޔަ ލޭ އޮހޮރުވުން

ޖެނުއަރީ 20, 2021
ޖަންނަ އެމްވީ އަކީ ދިވެހިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހެދިފައިވާ ބްލޮގެކެވެ.
www.jannahmv.com
  • ފިޤްޙް
  • އަޚުލާޤު
  • ރަމަޟާން މަސް
  • މުޖުތަމަޢު
  • ތަޢުޙީދު
  • ސުވާލާއި ޖަވާބު
  • ކުޑަކުދިން

Copyright 2020 – Jannahmv.com | All Rights Reserved