ދުނިޔޭގައި ގިނަބަޔަކު ކުޅެމުން އައި ގޭމު އަދި ދިވެހިންހިންވެސް މިގޭމުގެ އަވައިގާ ޖެހި ރޭގަނޑުގެ ނިންޖާއި ނަމާދު ވަގުތުތައް އަދި އެނޫންވެސް ވަގުތުތައް ދުއްވާލި ގޭމުގެ އެންމެފަހު އަޕްޑޭޓުގައި ޝިރުކުގެ އަމަލު ވަނީ ހިމަނައި ފަހުން މަޢާފަށް އެދި އުނިކޮއްފައެވެ. މައްސަލައަކީ އަޕްޑޭޓުގެ ސަބަބުން އުފެދުނު މައްސަލައެއް ނޫނެވެ. މައްސަލައަކައް ވީ ގޭމްގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބުދުތަކަށް އަޅުކަންކޮއް ނުވަތަ ކުރުނީސް ކުރަން ޖެހުމެވެ. މިކަމަކީ މިއީ ޢައިރު މުސްލިމުން ކުރީގައި ތިބެގެން ކާރޓޫނާއި ގޭމްސް މެދުވެރިކޮއް މުސްލިމް ކުޑަކުދިން މަގުފުރެދުމަށް އުފެއްދުނު ޙަތިޔާރެކެވެ. މިހާ ފާޅުކަން ބޮޑު ގޮތެއްގައި ބުދުތަކަށް ކުރުނީސްކޮއް ކުޅޭ ގޭމްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ބޮޑުވަމުން އަންނަ ޖީލު މި ޙަތިޔާރުގައިޖެހި ޒަހަމްވުމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ޕަބްޖީ އިން މި އަޕްޑޭޓް މިހާރު ބަދަލު ކުރި ކަމުގައި ވިޔަސް ބުދުތަކައް އަޅުކަން ކުރުމުގެ ސިފަ ގެެއްލިފައިނުވެއެވެ.
ގިނަ ޒުވާނުންގެ ސުވާލަކަށް ވެގެން ދިއައީ މިގޭމުގެ މައްސަލައަކީ ކޮބައިތޯއެވެ؟ މިއީ ގޭމެއް ނޫން ހެއްޔެވެ! ގޭމެއްގައި ވިޔަސް ﷲ سُبْحَانَهُ وَتَعَالَىٰ އައް ފުރައްސާރަކުރުން ހުއްދަ ކުރައްވާފައި ވޭ ހެއްޔެވެ؟ ކަމަކީ ގޭމެކޭ ބުނެ ދޫކޮއްލެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ. ގޭމުގައި ގެންގުޅޭ ކެރެކްޓަރ ކޮންޓްރޯލް ކުރަނީ ހަމަތިޔަ ޒުވާނުންނެވެ. ދެން ރަނގަޅަށް ވިސްނާވަޑައިގެން ބައްލާވާށެވެ. އިލެކްޓުރޯނިކް ވީމަ އޯކޭ ވެފަ ދުނިޔެމަތީގަ ވީމަ ހަރާމް ވީ ހެއްޔެވެ؟

އަޅުގަނޑުމެން ބަލައިލަމާތޯ މިއާޔަތައް
وَلَـئِنۡ سَاَلۡتَهُمۡ لَيَـقُوۡلُنَّ اِنَّمَا كُنَّا نَخُوۡضُ وَنَلۡعَبُؕ قُلۡ اَبِاللّٰهِ وَاٰيٰتِهٖ وَرَسُوۡلِهٖ كُنۡتُمۡ تَسۡتَهۡزِءُوۡنَ (ސޫރަތް އައްތައުބާ 9:65)
މާނައީ: ހަމަކަށްވަރުން ، ކަލޭގެފާނު ، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި ، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ ، ﷲ އާއި ، އެކަލާނގެ އާޔަތްތަކާއި ، އެކަލާންގެ ރަސޫލާއަށް ހެއްޔެވެ؟
ދީން ، ތައުޙީދު އަދި ޝިރުކް އާ ކުޅުމާ އެއްވެސް ޙާލެއްގައި މިއީ އެއްކުރެވިގެން ވާނޭ ކަންތައްތަކެއް ނޫނެވެ. ރަސޫލާ محمدﷺ ހަދީޘް ކުރެއްވިއެވެ. ނަރަކައަށް އެއްލާލެވެން ނަފްރަތު ކުރާ މިންވަރަށް ޝިރުކް ކުރަން ނަފްރަތު ކުރާށެވެ.
ޕަބްޖީއިން ވަނީ ރަސްމީކޮށް އެކަމަށް މަޢާފަށް އެދި ބުދުތަކަށް އަޅުކަންކުރުން ގޭމުން އުނިކޮއްފައެވެ. ނަމަވެސް އެފަދަ ކަމެއް އެކުންފުނިން ކުރުމުން ކުޑަވެސް އެއްޗެއް އަޅުގަނޑުމެން މުސްލިމުން ހިތައް ނާރަނީ ހެއްޔެވެ؟ ދީނާއި މެދު އޮތް ލޯބި ކޮބައިހެއްޔެވެ؟ އަޅުގަނޑުމެންގެ ޅަޖީލު ﷲ سُبْحَانَهُ وَتَعَالَىٰ އާއި އެކަލާންގެ ރަސޫލާ محمدﷺ އަށް އޮންނަ ލޯބި އިތުރު ކުރުވަން މައިންބަފައިންގެ ރޯލު ވަރަށް ބޮޑެވެ. ޢައިރު މުސްލިމުން އެކަމަށް މަޢާފަށް އެދި ބުދުތައް އުނިކުރިއިރު އަޅުގަނޑުމެން މުސްލިމުން އެތައް ބަޔަކަށް މަސަލައަކަށް ނުވިއެވެ. “ ގޭމް ކުޅުނެއްކަމަކު ތިމަންމެން ހިތުގައި އީމާންތެރިކަން އެބަ އޮތް.“ ”އެހެން ކަމުން އެއީ މައްސަލައެއް ނޫން.“ މިފަދައިން ޒުވާނުން މުޙާތަބްކުރިއެވެ. ތިރީގައި މިވަނީ މިކަމާ ގުޅިގެން އަޅުގަނޑުމެންގެ ޔޫޓިއުބް ޗެނަލުގައި ޝާއިރު ކުރެވިފައިވާ ވީޑީއޯއެކެވެ.
ﷲ أَعْلَم